ރާއްޖޭގައި ބަޣާވާތެއް ގެންނަން އިންޑިއާއިން ފަންޑެއް ނުކުރާނެ: ރައީސް ނަޝީދު

ރާއްޖޭގައި ބަޣާވާތެއް ކުރަން އިންޑިއާއިން ތާއީދެއް ނުކުރާނެކަމުގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކޮށްފައިވ...

30 Dec 2024 | 15:46

ރާއްޖޭގައި ބަޣާވާތެއް ކުރަން އިންޑިއާއިން ތާއީދެއް ނުކުރާނެކަމުގައި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ވޮޝިންޓަން ޕޯސްޓްގައި ޝާއިޢުކޮށްފައިވާ ރިޕޯޓާއި ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވޮޝިންޓަން ޕޯސްޓްގެ އެ ރިޕޯޓް ވިދާޅުވެފައިވާކަމަށާއި އިންޑިއާއިން އެފަދަ ކަމެއް ކުރަން އުޅުނުކަން އެނގިފައި ނެތް ކަމަށެވެ.

ވޮޝިންޓަން ޕޯސްޓްގެ އެ ރިޕޯޓްގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް ގެނައުމަށް ބައެއް 40 މަޖިލިސް މެންބަރަކާއި ސިފައިންގެ ސީނިއަރ 10 އޮފިސަރަކާއި މާލޭގެ ތިން ގޭންގަކަށް ފައިސާ ދިނުމަށް ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކުން އިންޑިއާގެ ރޯ އެޖެންސީއާއި ގުޅިގެން ރާވައި އިންޑިއާކުރެން އެ ބަޣާވާތް ފަންޑުކޮށްދިނުމަށް އެދުނު ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވެފައިވަނީ އިންޑިއާއަކީ އެކަހަލަ ކަމެއް ކުރާނެ ގައުމެއް ނޫންކަމަށާއި އިންޑިއާއިން އަބަދުވެސް ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށް އެއްބާރުލުން ދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް