ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރޭ މީހަކު ހައްޔަރުކުރި މަންޒަރުގެ ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލަ އެ އިދާރައިން ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، އެ އިދާރާގެ އޮފިޝަލަކު ފޮޓޯ ޑިލީޓު ކުރުވި ކަމުގެ ތުހުމަތެއްގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެކަން ހިނގާ ދިޔަ ގޮތް ބަލަމުން ގެންދަވާ ކަމަށެވެ.
ބައެއް މަސްދަރުތަކުން އެނގޭގޮތުގައި ފޮޓޯ ޑިލިޓް ކުރުވާފައިވަނީ ޕްރެސް ކާޑުވެސް އޮތް ނޫސްވެރިއެއްގެ ފޯނުންނެވެ.
އަދި ފޮޓޯ ޑިލިޓް ނުކޮށްފި ނަމަ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ބަލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް