ރާއްޖެކައިރިން 4.7 މެގްނިޓީއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ރާއްޖެ ކައިރިއަށް4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ، އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ކާލްސްބާގް ރި...

30 Dec 2024 | 10:36

ރާއްޖެ ކައިރިއަށް4.7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ، އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ކާލްސްބާގް ރިޖް ސަރަހައްދަށް4.7 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް މިއަދު މެންދުރު 13:38ގައި އައިސްފައިވާ ކަމަށެވެ. މި ބިން ހެލުން އައިސްފައިވަނީ ރާއްޖެއާ912 ކިލޯ މީޓަރު ދުރުން ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި، މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ.

ކާލްސްބާގް ރިޖް ސަރަހައްދަށް މީގެކުރިންވެސް ވަނީ މިފަދަ ބިންހެލުންތައް އައިސްފައެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައިވެސް ވަނީ ރާއްޖޭގެ އުތުރުން ރިކްޓާ މިންގަނޑުން4.5 ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. ބައެއް ރަށްތަކަށް އެ ބިންހެލުމުގެ އަސަރުވެސް ވަނީ ކޮށްފައެވެ.

އެހެން ނަމަވެސް މީގެކުރިން އައި އެ ބިންހެލުމުން ވެސް ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް އޭރު މެޓުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް