މިފްކޯގެ ޗެއާމަންކަމުން އަހުމަދު ޝަރީފުު ވަކިކޮށް މަސްވެރިކަން ކުރިއަރުވަން އުފެއްދި އެހެން ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފިޝަރީޒްއ އެންޑް އޯޝަން އިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްފޯެމްޕީސީ) ގެ ޗެއާމަނަކަށް ބަދަލުކޮށްފިއެވެ.
ޕީސީބީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ބޯޑުން ޝަރީފް މިއަދު ވަކިކޮށް، ހަމަ މިއަދު އެމްފޯމްސީގެ ޗެއާމަނަކަށް އައްޔަންކޮށްފައިވާ ކަމަށެވެ.
އެމްފޯމްޕީސީ އުފައްދާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެ ކުންފުނި އުފައްދާ އެ ކުންފުންޏަށް ވަނީ އެމްޑީއަކާއި ހަތަރު ބޯޑު މެންބަރުން އައްޔަނުކޮށްފައެވެ. އެ ކުންފުނީގެ އެމްޑީއަކީ އަހުމަދު ޒަރީރެވެ.
އަދި ކުންފުނީގެ ބޯޑު މެންބަރުންނަށް ތިއްބެވީ މުންޝިދާ އިބްރާހިމް، އަހުމަދު ޝިފާޒު، އަހުމަދު ޔާމިން، އަދި އާދަމް މަނިކެވެ.
މި ކުންފުނި އުފެއްދީ ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ބައިނަލްއަގުވާމީ ބާޒާރުިގައި ޕަރޮމޯޓުކޮށް ވިއްކުމުގެ މަގްސަދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް