ބްރިޖް ހައިވޭގައި ރޭގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ބްރިޖް ހައިވޭ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ތިން ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަން ރޭ 12:11 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން" ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލާފައި ކަމަށާއި އަނެއް މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓްގައި ގަވާއިދާ ހިލާފަށް ދުއްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް