ބިންވެރިޔާ ސްކީމާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގުގައި ޕާސްޕޯޓު ހިފެހެއްޓި 20 މީހުންގެ ތެރެއިން 09 މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.
މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން، ކުރިން ރާއްޖެއިން ބޭރަށް ދަތުރުކުރުން މަނާކުރި މީހުންގެ ތެރެއިން 09 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ވަނީ ބާތިލުކޮށްފައި ކަމަށާއި އެ ފިޔަވަޅު އަޅާފައިވާނީ ޕްރޮސެކިއުޓަރ ޖެނެރަލްއާއި މަޝްވަރާކުރެވި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާފުޅުގެ މަތިން ކަމަށެވެ.
ދަތުރުކުރުން މަނާކުރުމުގެ އަމުރު ބާތިލުކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭކަމުގައިވެސް ފުލުން ބުނެފައިވެއެވެ.
ދޫކޮށްލާފައިވަނީ ކޮން ބައެއްގެ ޕާސްޕޯޓުކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް