ހުޅުމާލެ ބިންހިއްކުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢާ ގުޅޭ ފޮޓޯތައް އެކްސްގައި ހިއްސާކުރައްވާ ފަޒުލް ވިދާ...

30 Dec 2023 | 10:19

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢާ ގުޅޭ ފޮޓޯތައް އެކްސްގައި ހިއްސާކުރައްވާ ފަޒުލް ވިދާޅުވީ ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ގޯތި ލިބިގެން ދާނެ ކަމަށެވެ. އަދި، ގޯތި ދޭނީ ވެލިފުކެއްގެ މިންވަރުވެސް އުނި ނުކޮށް، އިތުރަށް ފުރިހަމަކޮށް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށްޓަކާ މި ސަރުކާރުން ފެއްޓެވި އެންމެ ބިޔަ މަޝްރޫޢަކީ ރަސްމާލެ މަޝްރޫޢެވެ.

ފުށިދިއްގަރު ފަޅުގައި ތަރައްޤީ ކުރާ ރަސްމާލެ މަޝްރޫޢު ފެށިތާ ހަފްތާއެއްގެ ތެރޭގައި 10 ހެކްޓަރު ވަނީ ހިއްކާފައެވެ. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން 8 މަސްދުވަހުގެ ތެރޭގައި ހިއްކާ ނިންމާލެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް