ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރަން އަލްހާން ފަހްމީ ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާކަން ކުރައްވާފައިވާ އަލްހާން ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމާފައިވާކަން ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރާކަން އޭރު އަލްހާން ހާމަކުރެއްވި އިރު، އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާނެ ކަންވެސް އިއުލާންކުރެއްވިއެވެ.
އަލްހާން އެންމެ ފަހުން ވާދަކުރެއްވީ 2020 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ. އެ މަގާމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ އަލްހާން އަށެވެ.
އަލްހާން މަޖިލީހަށް ވާދަކުރަން ނިންމި އިރު، ޕޮންޒީ ސްކީމްގެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ އެ ސްކީމަށް އިންވެސްޓްކުރި ތިން މީހަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް އަލްހާންގެ މައްޗަށް ހުކުމް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް