ވަޒީރުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ. މިއަދު ބޭއްވި ކޮމިޓީ ބައްދަލ...

30 Dec 2023 | 07:59

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ބާއްވާފައިވަނީ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށެވެ.

22 ވަޒީރުންނަށް އެއްކޮށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެ ހުށަހެޅުމަށް ދަ ޑިމޮކްރެޓްސްގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ވަނީ ތާއީދުކުރައްވާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމާމެދު ވަކި ވަކިން ވޯޓަށް އަހަން އެމްޑީޕީ އިން ވާހަކަދެއްކި ނަމަވެސް، އެއްވެސް މެމްބަރަކު އެފަދައިން ހުށަހަޅާފައެއް ނުވެއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް 10 މެމްބަރުން ހާޒިރުވެފައިވާއިރު ސަރުކާރަށް ތާއީދުކުރައްވާ ފަސް މެމްބަރުން ވޯޓު ދެއްވީ 22 ވަޒީރުންނަށް އެއްކޮށް ރުހުން ދިނުމަށެވެ. އެމްޑީޕީ މެމްބަރުން އެއްވެސް ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް