މޫސުން ގޯސްވުމުގެ ސަބަބުން އައު އަހަރުގެ ބައެއް ހަރަކާތްތައް ފަސްކޮށްފި

އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ރޭގަނޑު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތައް ފަސްކުރުމަށް ނިންމާފައިވާކަމަށް ...

30 Dec 2023 | 07:22

އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހީންނަށް ޚާއްސަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ރޭގަނޑު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތައް ފަސްކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ޝައުގުވެރިކަން އޮތް ނަމަވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައި ކަމަށެވެ. އެހެންކަމުން، ދަތުރުފަތުރު ކުރުމުގައި ދިމާވާނެ ދަތިތަކާ ގުޅިގެން މި ފެސްޓިވަލްގެ 31 ޑިސެމްބަރުގެ ރޭގަނޑު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފަސްކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.

ރޭގަނޑު ބޭއްވުމަށް ރޭވި ހަރަކާތްތަކުގެ ތެރޭގައި މިއުޒިކް ޝޯއާއި، ލޭޒާ ޝޯ އަދި ހަވާ އެރުވުން ހިމެނެއެވެ.

މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް ފަހު އަންގާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް