އިންޑޮނޭޝިއާ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރުނުކުރާނެ ކަމަށް މެޓުން ބުނެފި

އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މިއަދު ހެދުނު އިން...

30 Dec 2023 | 07:09

އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މިއަދު ހެދުނު އިންޑޮނޭޝިއާގެ ސުމަތްރާ ކައިރިން ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމަކީ 5.6 ގެ ބާރުމިނުގެ ބިން ހެލުމެކެވެ. މެޓުން ބުނީ އެ ބިންހެލުމާ ގުޅިގެން ރާއްޖެއަށް ބިންހެލުން ނުވަތަ ސުނާމީގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

10 ކިލޯމީޓަރު އަޑިން އައިސްފައިވާ މި ބިންހެލުމުގެ އަސަރު، ބިންހެލުން އައި ސަރަހައްދު ކައިރީގައި ތިބި ބައެއް މީހުންނަށް އިހުސާސްކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް