ދިރާގުގެ އައު އަހަރުގެ އޮފަރތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޑަބަލް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ތައާރަފްކޮށްފިއެވެ.
ދިރާގުން ބުނީ މި އޮފަރއާއެކު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން 7 ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ކަސްޓަމަރަކަށް ދެގުނަ ޑޭޓާ ލިބޭނެ ކަމަށެވެ. އެގޮތުން 7ޖީބީގެ އަގަށް އިތުރު ޚަރަދަކާ ނުލާ ޖުމްލަ 14ޖީބީ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ދިރާގުން ވަނީ މޮބައިލް ކަސްޓަމަރުންނަށް އައު އަހަރަށް ހިތްގައިމު އޮފަރތަކެއް ލޯންޗުކުރުމާއެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑިއާ އަދި ސަޅި އެނުއަލްއާއި ސަޅި 180 ޑޭސް ޕެކޭޖްތަކަށް ޚާއްސަ ޕްރޮމޯ އަގުތަކެއްވެސް ތަޢާރަފްކޮށްފައެވެ.
ދިރާގު އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އައު އަހަރުގެ ލިމިޓެޑް ޓައިމް އޮފަރތައް 31 ޖަނަވަރީ 2024ގެ ނިޔަލަށް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިކޮށް، އަގުހުރި އައު އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް