މަޖިލިސް އިސްލާހުކުރަން ވައުދުވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ފާރިސް ގޮވާލައިފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓު ލާއިރު، މަޖިލިސް އިސްލާހުކުރަން ވައުދުވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އަހުމަދު ފާރިސް މައުމޫން ގޮވާލައިފިއެވެ. އެކްސްގައި ފާރިސް ކުރެއްވި ޕޯސްޓ...

30 Dec 2023 | 06:03

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓު ލާއިރު، މަޖިލިސް އިސްލާހުކުރަން ވައުދުވާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އަހުމަދު ފާރިސް މައުމޫން ގޮވާލައިފިއެވެ.

އެކްސްގައި ފާރިސް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާދާރު ކުރެވޭނެ ގޮތެއް ނެތްހާ ދުވަހަކު ރައްޔިތުންގެ މަސްލަހަތު ދިފާއުކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ފާރިސް ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޞްލާޙު ގެނައުމަށް ވަޢުދުވެވަޑައިގަންނަވާ ހުރިހާ މިނިވަން ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމްޕީ ރިކޯލް ވޯޓާއި، މެމްބަރުންގެ އަދަދު މަދުކުރުން، މުސާރައިގެ ޕެކޭޖްތައް ކުޑަކުރުން ފަދަ ކަންކަން ބޭނުންވޭ. މި ބަދަލުތަކަށްޓަކައި އަޅުގަނޑުމެންގެ ޤާނޫނުއަސާސީ އިޞްލާޙުކުރަން އެބަޖެހޭ. އިންތިޚާބުވެއްޖެނަމަ، އެބަދަލުތައް ތަންފީޛުކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން." އެކްސްގައި ފާރިސް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ފާރިސް ވިދާޅުވީ މަޖިލިސް އިސްލާހުކުރުމަށް ކުރެވެން ހުރި އިތުރު ކަންތައްތަކާ ގުޅޭ ގޮތުން އާންމުން ހުށަހަޅާ ހިޔާލުތައް އަޑުއައްސަވާނެ ކަމަށާއި، އެކަންތައްތައް ހައްލު ކުރެއްވުމަށް މިނިވަން ކެންޑިޑޭޓުންނަށްވެސް ޕްލެޓްފޯމެއްގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް