އާ އަހަރުގެ ޝޯގައި ބައިވެރިވުމަށް ޕަވްނީ ރާއްޖެ އަތުވެއްޖެ

2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް "މޯލްޑިވްސް ވާއު ފެސްޓް'' ނަމުގައި ޔޫތު މިނިސްޓްރީން އިންތިޒާމު ކުރާ އައު އަހަރުގެ މިއުޒިކް ޝޯގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑ...

30 Dec 2022 | 16:28

2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް "މޯލްޑިވްސް ވާއު ފެސްޓް'' ނަމުގައި ޔޫތު މިނިސްޓްރީން އިންތިޒާމު ކުރާ އައު އަހަރުގެ މިއުޒިކް ޝޯގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވްނީ ޕާންޑޭ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއީ ޕަވްނީ ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.

ޔޫތު މިނިސްޓްރީން ބުނީ އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ މިއުޒިކް ޝޯވ އޮންނާނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.

އެގޮތުން މި ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12 ޖަހާއިރު އައު އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އެރުވުމަށްވެސް ޔޫތް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް