ކުނި ގިނަވެ، އާންމުންގެ ޝަކުވާ ބޮޑު ވުމުން ވެމްކޯއިން މާލެތެރެ ސާފުކުރަން ނިކުމެއްޖެ

ކުނި ގިިނަވެ އާންމުންގެ ޝަކުވާ ބޮޑު ވުމުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކުރަން ފަށައިފިއެވެ. ވެމްކޯއިން މިހެން ބުނެފައި މި ވަނީ އެ ކޯޕަރޭޝަ...

30 Dec 2022 | 16:23

ކުނި ގިިނަވެ އާންމުންގެ ޝަކުވާ ބޮޑު ވުމުން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކުރަން ފަށައިފިއެވެ.

ވެމްކޯއިން މިހެން ބުނެފައި މި ވަނީ އެ ކޯޕަރޭޝަނާއި މާލެސިޓީ ކައުންސިލާއި ދެމެދު ފަސްއަހަރު ދުވަހުގެ މުއްދަތައް ވެފައިވާ އެއްބަސްވުން 25 ޑިސެމްބަރ 2022 ވަނަ ދުވަހަށް ހަމަވެފައިވާތީވެ އެއްބަސްވުން އާ ނުކުރުމާއި ގުޅިގެން އެ ހިދުމަތް ހުއްޓާލައިފައިވާތާ ފަސްދުވަސް ފަހުންނެވެ.

ވެމްކޯއިން މިއަދު ބުނީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެ އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށެވެ.

އަދި އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެންވައިރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އިރުޝާދުގެ ދަށުން ވެމްކޯއިން ވަނީ މިއަދު މާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.

މިގޮތުން ވެމްކޯއިން ވަނީ މާލެތެރެ ސާފުކޮށް ބޭއްވުމަށް އާންމުންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް އެދިފައެވެ.

މީގެ އިތުރުން ވެމްކޯއިން ބުނީ އެ ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމަށް ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތަކުން މަގުމައްޗައް ކުނި ނުނެރުމަށާއި ވެމްކޯގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކުން އެ ކޯޕަރޭޝަނުގެ ހިދުމަތް ހޯދުމަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް