ކެންޔާގައި ދަރިވަރުން ސްކޫލްތަކުގައި ރޯކުރުން، ނުހުއްޓުވިގެން އުޅޭ އާދައެއް!

ކެންޔާގެ ސްކޫލްތަކުގައި އަލިފާން ރޯކުރުމަކީ އެ ގައުމުގެ ސަގާފަތާއި ގުޅިފައިވާ 30 ވަރަކަށް އަހަރުގެ މާޒީއެއް އޮތް ކަމެކެވެ. އާންމުކޮށް ހުޅު ޖަހަނީ ވެރިރަށް ނައިރޯބީގައި ހުންނަ ހޮޓެލް ސްކޫލްތަކުގައި އެވ...

30 Dec 2022 | 10:53

ކެންޔާގެ ސްކޫލްތަކުގައި އަލިފާން ރޯކުރުމަކީ އެ ގައުމުގެ ސަގާފަތާއި ގުޅިފައިވާ 30 ވަރަކަށް އަހަރުގެ މާޒީއެއް އޮތް ކަމެކެވެ.

އާންމުކޮށް ހުޅު ޖަހަނީ ވެރިރަށް ނައިރޯބީގައި ހުންނަ ހޮޓެލް ސްކޫލްތަކުގައި އެވެ. ދަރިވަރުން އަޑީގައި ތިބެގެން ދުރާލާ ރާވައިގެން ކޮންމެ ފަހަރަކުވެސް އަލިފާން ރޯކުރަނީ އެ ބޯޑިން ސްކޫލެއްގެ ހޮސްޓެލް ނުވަތަ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގައި އެވެ.

މިފަދަ ކޮންމެ ހާދިސާއެއްގައި އެތައް ދަރިވަރުންނެއްގެ ފުރާނަ ގެއްލޭއިރު އެ ގައުމުގައި މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުތަކުން އޮތީ ނުކުޅެދިފައި އެވެ. އަދި މިހާރު ބޯޑިން ސްކޫލްތަކާއި އެހެނިހެން ސްކޫލްތަކުގައިވެސް މި މައްސަލަ ބޮޑުވެ އެ ގައުމުގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކަކީ އެޑިއުކޭޝަން މިނިސްޓްރީ އާއި ބެލެނިވެރިންނަށް ބޮޑު ބިރަކަށް ވަނީ ވެފައި އެވެ.

މީގެ ތެރެއިން އެންމެ ގިނައިން މިފަދަ ހާދިސާތައް ހިނގާ ބޯޑިން ސުކޫލުތަކަކީ ދަރިވަރުން އެތަނެއްގައި ދިރިއުޅެމުން ކިޔަވާ ސުކޫލްތަކެވެ. ނައިރޯބީގައި ހުންނަ މިފަދަ ގިނަ ސްކޫލްތަކުގައި ކިޔެވުމަށް ކެންޔާގެ އެކި ހިސާބުތަކުން ކުދިން ގޮސްތިބެ އެވެ.

އޭގެން ސްކޫލެއްގެ ޕްރިންސިޕަަލަކު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވި ގޮތުތުގައި އެ ސްކޫލްގެ ދަރިވަރުން ފަތިހު 4:00 ގައި ހޭލާނެ ކަމަށެވެ. އަދި ދަރިވަރުންނަށް 5:30 ން ފެށިގެން ރޭގަނޑު 9:00 އަށް ބްރޭކެެއް ނެތި ކިޔަވައިދޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކިޔަވައިދޭ ވަގުތު ގިނަ ވުމާއި ދަރިވަރުންނާއި މެދު ޓީޗަރުން އަމަލު ކުރާ ގޮތުގެ އިތުރުން ހަރުކަށި އަދަބު ދިނުމަކީ ކުދިން ކިޔެވުން މަތިން ފޫހިވެ، ހުޅުޖެހުން ފަދަ ނޭދެވޭ އަމަލުތަކުގެ ތެރެއަށް ވިސްނުން ދިއުމަށް މަގުފަހިވާ ސަބަބެބެވެ. އެކުދިންގެ މަގުސަދަކީ ކުދިންތަކެއް މަރާލައި ސްކޫލްގެ އިމާރާތެއް ހަލާކު ކޮށްލުން ނޫން ކަން ފާހަގަ ކޮށް ބުނެފައިވަނީ އެމީހުންގެ މަގުސަދަކީ ސްކޫލުން އެމީހުންގެ އަޑު އަހާނެ ގޮތެއް ހެދުން ކަމަށެވެ.

އަދި އެމީހުންގެ އުދާސްތައް މައިންބަފައިންނާއި ހިއްސާ ކުރެވޭނެ މަގެއް ނެތުމުން އެމަގު ފަހި ކުރުން ކަމަށްވެސް ބުންޏެވެ. އެއީ އެކޮމޮޑޭޝަން ބްލޮކް އަންދާލުމުން ދަރިވަރުން ބޭތިއްބޭނެ ގޮތެއް ނެތިގެންނާއި އެ އިމާރާތް އެޅެންދެން މަޖުބރީ ހާލަތުގައި ދަރިވަރުން މައިންބަފައިންގެ ކައިރިއަށް ފޮނުވާތީ އެވެ.

މި މައްސަލަ ސަރުކާރަށް ނުުހުއްޓުވޭތީ ކެންޔާގައި ބެލެނިވެރިން ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. ނަމަވެސް ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި މިފަދަ ހާދިސާތަކަށް ފަހު އަލުން ސްކޫލްތަކަށް ދަރިވަރުން ގެންގޮސްވެސް ޓީޗަރުން އަމަލު ކުރާ ގަވައިދުތަކަކީ ދަރިވަރުން ސްކޫލްތަކުގައި ހުޅުޖެހުން ނުހުއްޓުވޭނެ މައިގަނޑު އަސްލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް