އިންޑިއާގެބޮޑުވަޒީރު ނަރެންދްރަ މޯދީގެ މަންމާފުޅު ހީރަބެން މޯދީ އަވަހާރަ ވެއްޖެ އެވެ
އަވަހާރަވި އިރު އެކަމަނާގެ އުމުރުފުޅަކީ 99 އަހަރެވެ. އަވަހާރަވީ ހާލުކޮޅު ސީރިއަސްވެގެން އިންޑިއާގެ ގުޖުރާތު ސްޓޭޓެގެ އަހްމަދްއާބާދުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެެވެ.
މަންމާފުޅުގެ ހާލުކޮޅު ސީރިއަސްވުމުން މިދިޔަ ބުދަ ދުވަހުން ފެށިގެން މޯދީ ހުންނެވީ އަހްމަދްއާބާދުގައި އެވެ. އަދި މަންމާފުޅު އަވަހާރަވުމުން އެމްބިއުލާންސްގައި ހަށިކޮޅު ގެންދިޔަ އިރުވެސް އޭގައި މޯދީ އިންނެވިއެވެ.
ހީރާބެން އުފަންވެވަޑައިގަތީ 1923 ވަނަ އަހަރު އެވެ. އެކަމަނާ ވަރަށް ޅަ އުރުފުޅުގައި މަންމާފުޅުވަނީ ސްޕެނިޝް ފްކޫ ކިޔާ ރޯގާއެއް ޖެހިގެން މަރުވެފައި އެވެ.
އޭގެ ފަހުން ބޮޑުވެފައިވަނީ ވަރަށް ދަތި ހާލުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މަންމާފުޅާއި ގޫޅޭގޮތުން މިއަހަރު ބޮޑުވަޒީރު މޯދީ ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ މަންމާފުޅުގެ ކުޑައިރުގެ ދުވަސްވަރަކީ ފަގީރުކަމާއި ބަނޑުހައި ހޫނުކަމުގައި ހޭދަ ކުރި ދުވަސްވަރެއް ކަމަށާއި އެއާއިލާ ކުރިން އުޅުނު ގެއަކީވެސް ވަރަށް ހާލުގައި ހުރި ކުޑަ ގެއެއް ކަމެވެ.
މޯދީގެ މަންމާފުޅާއި ބައްޕާފުޅު ދަމޮދަރުދުސާ މުލްޗަންދު މޯދީއަށް ލިބިވަޑައިގެންފައިވަނީ ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.
މޯދީ އަކީ އޭގެ ތެރެއިން ތިން ވަނައަށް ލިބުނު ބޭފުޅާ އެވެ. ހީރަބެން އުޅެމުން ދިޔައީ ހަގު ދަރިކަލުން ކައިރީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް