ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށްފި

ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށްފި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީން މިއއަދު ބުނީ ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓް ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް...

30 Dec 2022 | 06:17

ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓު ހެކްކޮށްފި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއއަދު ބުނީ ކަލާފާނު ސްކޫލްގެ ފޭސްބުކް އެކައުންޓް ހެކްކޮށް އޭގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ރިޕޯޓުކޮށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކު އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް