މޮޅު އިތުރުކަން ލިބިގަތުމަށްޓަކައި ހުކުރު ދުވަހުގެ އިރުއޮއްސުމުގެ ކުރިން ކަހަފް ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ.
މާތް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيتالعتيق)) މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”
ކަހްފް ސޫރަތް ކިޔެވުމުގައި އެއްފަހަރުން ސޫރަތް ކިޔަވައި ނިންމާލުމަށް ވަގުތު ނުލިބޭކަމުގައިވާނަމަ ދުވަހަށް ބަހާލައިގެންވެސް ކިޔެވިދާނެއެވެ.
އެގޮތުން ބުރާސްފަތި ދުވަހުގެއިރުއޮއްސުނީއްސުރެ ހުކުރު ދުވަހުގެ އިރުއޮްސުމާއި ހަމައަށް އެ ދެމެދުގައި ބަހައިލައިގެން ނިންމާލެވިދާނެއެވެ.
އަދި ހުކުރު ދުވަހުގެ މި ސުންނަތް އަދާ ކުރާ މުސްކިމުންގެ ކުދި ފާފަތައް އެއް ހުކުރުން އަނެއް ހުކުރަށް ފުއްސެވޭނެ ކަމުގައިވެސްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް