ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑު އެޑްސަން އަރާންޓްސް (ޕެލޭ) މަރުވެއްޖެ އެވެ.
އޭނާ މަރުވީ އުމުރުން82 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ކެންސަރު ޖެހުނީ ޕެލޭގެ ބޮޑު ގޮހޮރަށެވެ. އަދި އެތަނުގައި ޓިއުމަރެއް އުފެދިގެން އެވެސް ނެގި އެވެ.
އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރު އެވެ. އަދި މިރޭ މަރުވީ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާތާ ތިން ހަފްތާވީ ފަހުންނެވެ.
މީގެ ކުރިން ޕެލޭ ވަނީ 2012 ގެ ނޮވެމްބަރު މަހު އޮޕަރޭޝަނެއްކޮށް، އުނަގަނޑު ބަދަލުކޮށްފަ އެވެ.، އޭގެ ފަހުން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަނެއް އުފެދި ކިޑްނީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގި އެވެ.
ޕެލޭއާއި އެކު ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމު ހޯދި ކާމިޔާބީތަކަށް ބަލާއިރު ވޯލްޑްކަޕް ތަށި އެ ގައުމަށް ލިބުނު ފަސް ފަހަރުގެ ތެރެއިން ތިން ފަހަރު އޭނާ ހުރީ ކެޕްޓަން ކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް