ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި އެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން...

30 Dec 2021 | 18:34

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާށެވެ.

މި ދާއިރާއަށް ވާދަ ކުރުމަށް ފޯމް ހުށަހަޅާފައިވަނީ ތިން ސިޔާސީ ޕާޓީންނެވެ. އެއީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީންނެވެ.

ނަންތައް ތަރުތީބު ކުރުން ކުރިޔަށް ގެންގޮސްފައިވަނީ މިރޭ އިލެކްޝަން ކޮމިޝަަންގައި އެވެ.

ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ރާޝިދު އަަށެވެ. ޕީޕީއެމްގެ މޫސާ ފަތުހީ އާދަމަށް ކެންޑިޑޭޓު ނަމްބަރު ދޭއް ލިބުނު އިރު ކެންޑިޑޭޓު ނަމްބަރު ތިނެއް ލިބިފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އަށެވެ.

https://twitter.com/ElectionsMv/status/1476603613338226744

އިލެކްޝަން ކޮމިޝަނުން ބުނީ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް