ކަލައިދޫ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ލ. ކަލައިދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކަލައިދޫ ކައުންސިލުން ބުނީ ހުން  އައިސްގެން އިސްދޫ ހެލްތް ސެންޓަރަށް ދެއްކި ބަލިމީހަކު ޑެންގޫއަށް ޝައްކުކުރެވޭތީވެ، ލ. ގަން ރީޖަނަަލް ހޮސްޕި...

30 Dec 2021 | 18:18

ލ. ކަލައިދޫ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކަލައިދޫ ކައުންސިލުން ބުނީ ހުން  އައިސްގެން އިސްދޫ ހެލްތް ސެންޓަރަށް ދެއްކި ބަލިމީހަކު ޑެންގޫއަށް ޝައްކުކުރެވޭތީވެ، ލ. ގަން ރީޖަނަަލް ހޮސްޕިޓަލަށް ފޮނުވައި ކޮވިޑް ޓެސްޓް ހެދިއިރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމުގައެވެ.

އެހެންކަމުން އެ ކައުންސިލުން ވަނީ ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެެވެ.

އެގޮތުން ރަށުތެރޭގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށާއި، ރަށުތެރޭގައި އުޅޭއިރު ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

މީގެ އިތުރުން ރޯގާގެ އަލާމާތެއް ފެންނަނަމަ ލަސް ނުކޮށް ހެލްތް ސެންޓަރުން ފަރުވާ ހޯދުމަށާއި ރަށުން ބޭރަށް ދާއިރު މާސްކް އެޅުން ލާޒިމް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް