މިފެށޭ 2022 ވަނަ އަހަރުގެ ދިރާގުގެ ކަލަންޑަރުގައި ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަށް އަލިއަޅުވާލައިގެން ނެރެފި އެވެ.
މި ކަލަންޑަރު ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރަށް ވަނީ ކަލަންދަރެއް ހަދިޔާ ކޮށްފައެވެ.
ކަލަންޑަރު ނެރެދެއްވުމަށް ފަހު، މިނިސްޓަރ ވިދާޅުވީ މިކަލަންޑަރު ފަރުމާ ކުރުމުގައި ފަތުރުވެރިކަމުގެ މުހިއްމު މަރުޙަލާތައް ދައްކުވައިދީފައިވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރާއި ވަރަށް ގުޅޭ ކަމަށެވެ. އަދި ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާޞަލާތީ ޚިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރުދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.
" 2022 ވަނަ އަހަރުގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަންއަހަރަށް ޚާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ޞިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭކަމެއް. ދިރާގާއި ޓޫރިޒަމް މިނިސްޓްރީއާއި ބާއްވަމުންދާ ޚާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން." ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.
ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒު ވިދާޅުވިގޮތުގައި ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ޚާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ދިރާގަކީ އަބަދުވެސް ރާއްޖޭގެ އެކި ސިނާޔާތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުންއަންނަ ދިވެހި މުއާސަލާތީ ޚިދުމަތްދޭ ކުންފުންޏެކެވެ. ދިރާގަކީ ކޮންމެ އަހަރަކު ވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް