ކޯވިޑް ފެތުރޭތީ މާފުއްޓަށް އަރައި ފޭބުން މަނާކޮށްފި

ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މާފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް...

30 Dec 2021 | 13:42

ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މާފުށީ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ. މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި މާފުއްޓަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން މީޑިއާގައި ބުނީ މާފުށީގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި12 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކާއި ކޮންޓެކްޓުންނާއި ފްލޫ ސާމްޕަލް ހިމެނެ އެވެ.

މާފުށި މޮނިޓަރިންއަށް ލާފައި މިވަނީ މާދަމާ ރޭ އާ އަހަރު ފާހަގަ ކުރަން ގިނަ ބަޔަކު އެ ރަށަށް މާލެއިން ގިނަ ބަޔަކު ދާން ރާވަމުން ދަނިކޮށެވެ. އަދި ރައީސް އިބްރާހިމް ސޯލިހުއާ ދައުލަތުގެ އިސްވެރިން މީގެ ދެ ދުވަސް ކުރިން އެ ރަށަށް ވަޑައިގެންފަ ވަނިކޮށެވެ.

އެޗްޕީއޭއިން ބުނީ މާފުށީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި5 ރަށެއް އެބައޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް