ސަރުކާރުން ދަނީ މޯލްޑިވިއަން ވިއްކާލަން މަގު ކޮށަމުން: ސައީދު

ސަރުކާރުން ދަނީ ގައުމީ އެއާލައިން މޯލްޑިވިއަން ވިއްކާލަން މަގު ކޮށަމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ސައީދު މިހެން ވިދާޅުވެފައި މިވަނީ ޓޫރިޒ...

30 Dec 2021 | 12:06

ސަރުކާރުން ދަނީ ގައުމީ އެއާލައިން މޯލްޑިވިއަން ވިއްކާލަން މަގު ކޮށަމުން ކަމަށް އިދިކޮޅު ޕީޕީއެމްގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ ޓޫރިޒަމް ޕީކް ސީޒަން އައި އިރު މޯލްޑިވިއަންގެ ފްލައިޓުތަކެއް ގްރައުންޑު ކުރަން ޖެހުމުންނެވެ. އަދި އެތެރޭގެ އުދުހުންތަކުގައި އެ އެއާލައިނުން އެހެން ޑޮމެސްޓިކް އެއާލައިންތަކުގެ ފްލައިޓުތައް ޗާޓާ ކުރާތީ އެވެ.

ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަހަރުގެ ފަހުކޮޅު އަންނަ ޓޫރިޒަމް ޕީކް މޫސުމަކީ އަހަރުގައި ރާއްޖެއަށް އަންނަ އެންމެ ރަނގަޅު މޫސުން ކަމަށެވެ. އެކަމަކު ވެރިކަމުގައި ތިން އަހަރުވީ އިރު މި ސަރުކާރަށް އެކަން ނޭނގުނުތޯ ސައީދު ސުވާލު ކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ ފްލައިޓުތައް މި ދުވަސްވަރު ގްރައުންޑުކޮށްފައި ބޭއްވުމަކީ ސަރުކާރާއި އެ ކުންފުނީގެ ވެރިން ކުންފުނި ވިއްކާލުމަށް ކޮށާ މަގަކަށް ނުހެއްދެވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މޯލްޑިވިއަންގެ ފްލައިޓެއް ގްރައުންޑުކޮށްފައި އޮންނަތާ މިހާރު ވަނީ ދެ އަހަރުވެފައި އެވެ. އެ ފްލައިޓު ގްރައުންޑުކޮށްފައި އޮތީ މަރާމާތު ކުރަން ޖެހޭތީ އެވެ.

އެކަމަކު މިހާ ގިނަ ދުވަސްވުމުން މިހާރު އތިރު ހަރަދުތަކެއް އެ ފްލައިޓު މަރާމާތު ކުރަން ދާނެ ކަމަށް މޯލްޑިވިއަންގެ މުވައްޒަފުންތަކެއް މައުލޫމާތުދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް