ވެލިދޫގެ ދޯނި އެހެލާ ސަރަޙައްދު ހަދަން ފަށަން ސައިޓް މޮބިލައިޒްކޮށްފި

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފި ކަމުގައި އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީން ހާމަކޮށްފި...

30 Dec 2021 | 12:01

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފި ކަމުގައި އެ މަސައްކަތް ކުރިއަށް ގެންދާ ކުންފުނި އެމްޓީސީސީން ހާމަކޮށްފިއެވެ.

މިމަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ރިވެޓްމަންޓް ޖެހުމާއި އަދި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި 280 ދުވަސްތެރޭގައި ނިންމަން ހަވާލުކޮށްފައިވާ 18.25 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 22 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް