އަހަރު ނިމުން ފާހަގަ ކުރަން ހުޅުމާލޭގައި ސިފައިން ހަވާ އަރުވަނީ

މި އަހަރުު ނިމުން ފާހަގަ ކުރުމަށްޓަކައި އެމްއެންޑީއެފް އިން މާދަމާރޭ ހަވާ އަރުވަން ނިންމައިފިއެވެ. އެމްއެންޑީއެފް އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާ...

30 Dec 2021 | 10:29

މި އަހަރުު ނިމުން ފާހަގަ ކުރުމަށްޓަކައި އެމްއެންޑީއެފް އިން މާދަމާރޭ ހަވާ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 23:59 ގައި ކަމަށެވެ. މި ހަރަކާތް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ.

މި ފެށޭ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުންް ޔޫތް މިނިސްޓްރީން ވެސް ވަނީ މާދަމާރޭ މިޔުޒިކު ޝޯއެއް ބޭއްވުމަށް ނިންމާފައެވެ. އެ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ބައިވެރިވާނެ ކަމުގައި އެމިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މި ޝޯވެސް ކުރިޔަށް ގެންދަން ނިންމާފައިވަނީ ސެންޓްރަލް ޕާކުގައި އެވެ.

އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން އަބަދުވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުލަގަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް