މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގައި ބައިވެރިވާ އޭއޭއޭ ދަރިވަަރުންނަށް ސަރުކާރުން ލޯނު ދޫކުރަނީ

ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި، ޤައުމީ އެއާލައިން، މޯލްޑިވިއަން އާއި އެމްއެންޔޫ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން، ކިޔަވަން ފަށާ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ ...

30 Dec 2021 | 08:35

ޕައިލެޓުން ތަމްރީނު ކުރުމަށްޓަކައި، ޤައުމީ އެއާލައިން، މޯލްޑިވިއަން އާއި އެމްއެންޔޫ ގުޅިގެން އުފެއްދި މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީން، ކިޔަވަން ފަށާ އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް ސަރުކާރުން ލޯނު ދޭން ނިންމައިފިއެވެ.

އޭއޭއޭ ގައި ކިޔަވާ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ އެކި ސަބަބުތަކާ ގުޅިގެން ކުރިއަށް ނުގެންދެވިފައެވެ.

އެހެންކަމުން އައްޑޫގައި މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ ހިންގަން ޗެކް-ރިޕަބްލިކްގެ އެކަޑަމީ އަކާއި ހަވާާލުކޮށް، ކޯސްތަކަށް ދަރިވަރުން ވަނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި އެކަޑަމީގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ މަސް ދުވަހުގެ ރިފްރެޝާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި 50 ގަޑި އިރުގެ ތިއަރީ އާއި ފްލައިން ހިމެނެއެވެ.

މިނިސްޓާރ އޮފް ހަޔާރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފްލައިން އެކަޑަމީގެ ރިފްރެޝާ ޕްރޮގްރާމްގެ ފީއަކީ 1500 ޑޮަލަރު (23.175) ރުފިޔާ ކަމުގައެވެ.

އަދި ފީ ދައްކަން ދަތިވެ، ކިޔެވުން މެދުކެނޑިފައިވާ އޭއޭއޭ ގެ ދަރިވަރުންނަށް ރިފްރެޝާ ކޯހުގެ ފީ 1500 ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރަން  ސަރުކާރުން ނިންމާފައިވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް