ސަނީ ލިއޯން ކުޅުނު ލަވަޔަކުން އިންޑިއާ މީހުން ރަަތަށް!

ހިންދޫ ދީނަށް ފުރައްސާރަކުރާ ލަވައެއް ކުޅުމުން ސަނީ ލިއޯން ހައްޔަރުކުރުމަށް ގޮވަން ފަށައިފިއެވެ. ބޮލީވުޑް ގައި ވެސް މަގުބޫލުކަމެއް ހޯދާފައިވާ ސަނީ ލިއޯން ހައްޔަރުކުރުމަށް އިންޑިއާގެ ގިނަބަޔަކު ގޮވަން ...

30 Dec 2021 | 07:50

ހިންދޫ ދީނަށް ފުރައްސާރަކުރާ ލަވައެއް ކުޅުމުން ސަނީ ލިއޯން ހައްޔަރުކުރުމަށް ގޮވަން ފަށައިފިއެވެ.

ބޮލީވުޑް ގައި ވެސް މަގުބޫލުކަމެއް ހޯދާފައިވާ ސަނީ ލިއޯން ހައްޔަރުކުރުމަށް އިންޑިއާގެ ގިނަބަޔަކު ގޮވަން ފަށާފައިމިވަނީ ސޮނީ މިއުސިކް އިން ޕްރޮޑިއުސްކޮށްގެން ގެނެސްދީފައިވާ "މަދުބަން" ލަވައިގައި އެކްޓުކުރުމުންނެވެ. މިލަވަ ނެރެފައިވަނީ މި ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.

އެ ލަވައިގައި އިންޑިޔާ މީހުން އަޅުކަންކުރާ "ރާދާ"އަށް ނިސްބަތްވާ ގޮތަށް ބަދުބަސް ބުނެފައިވާ އިރު، ނިވައިކަން ކުޑަ ހެދުންލައި، ނުބައި މަންޒަރުތައް ދައްކުވައިދީފައިވުމަކީ ވެސް ސަނީ ލިއޯން ހައްޔަރުކުރުމަށް ގޮވައިލާ ސަބަބެކެވެ.

އިންޑިއާގެ ސިޔާސީ ބައެއް ލީޑަރުން ވެސް ބުނަމުން ދަނީ ޔޫޓިއުބުންނާއި އެހެނިހެން ތަންތަނުން އެލަވަ ނުނަގާ ނަމަ، ލަވަ އުފެއްދި ފަރާތާއި މަސައްކަތް ކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންވެ، ޔޫޓިއުބުންނާއި ގިނަ ވެބްސައިޓުތަކުން މިހާރުވަނީ އެ ލަވަ ނަގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް