މަސްމިރުސް ޕެކްޓްތަކެއް ވަގަށް ނެގި މީހެއްގެ ބަންދަށް ހަތް ދުވަސް ޖަހައިފި

މަސް މިރުސް ޕެކެޓްތަކެއް ވަގަށް ނެގި މީހެއްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ. މަސް މިރުސް ޕެކެޓްތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ސ....

30 Dec 2021 | 07:25

މަސް މިރުސް ޕެކެޓްތަކެއް ވަގަށް ނެގި މީހެއްގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ.

މަސް މިރުސް ޕެކެޓްތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ އަށް ނިސްބަތްވާ 39 އަހަރުގެ ފިރިހެނެކެވެ.

ބަންދާއި މެދު ގޮތެއް ނިންމުމަށްޓަކައި އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ކުށަށް އިއުތިރާފްވެ، އެކަމަށް މަޢާފަށް އެދި، ޝަރުތު ތަކަކާއި އެކު އޭނާ ބައްދުން ދޫކޮށްލައި ދިނުމަށް ވެސް އެދިފައި ވެއެވެ.

ނަމަވެސް، ކުށުގެ ރެކޯޑް އޮތުމުން، އަދި ތަހުގީގު ބޭނުމަށް ވަކި މުއްދަތަކަށް އޭނާ ބަންދުކުރަން ޖެހޭ ކަމުގައި މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް