އެޗްޕީއޭ ބަންދުގައި 15 ރަށެއް، އެންމެ ގިނަ ދުވަސްވީ އައްޑޫ ސިޓީ!

ކޯވިޑް ފެތުރޭތީ އަރާ ފޭބުން މަނާކޮށްފައި މިހާރު އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނަނީ ބަލި ޖެހޭ މީހާގެ ފަރާތުން އިތުރު ބ...

30 Dec 2021 | 07:25

ކޯވިޑް ފެތުރޭތީ އަރާ ފޭބުން މަނާކޮށްފައި މިހާރު އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރަށެއް މޮނިޓަރިންގެ ހާލަތަށް ގެންނަނީ ބަލި ޖެހޭ މީހާގެ ފަރާތުން އިތުރު ބަޔަކަށް ކޯވިޑް ޖެހި ރަށުތެރެއަށް ބަލި ފެތުރިފައި އޮވެދާނެ ކަމަށް ގަބޫލު ކުރެވިއްޖެ ހާލަތެއްގައި އެވެ. އެ ފަދަ ރަށްތަކަށް އެޗްޕީއޭގެ ހުއްދަ ނެތި އަރައި ފޭބުން އޮންނަނީ މަނާކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު އެ ހާލަތުގައި އޮތީ 15 ރަށެއް ކަމަށާއި އެންމެ ފަހުން މޮނިޓަރިންއަށްލީ ގދ. ގައްދޫ އާއި ހޯޑެއްދޫ ކަމަށެވެ. އެ ދެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މޮނިޓަރިންގެ އޮންނަތާ އެންމެ ގިނަ ދުވަސްވީ އައްޑޫ ސިޓީ އެވެ. އެ ސިޓީގެ ގުޅުފައިވާ ރަށްތަައް މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައި އިރު ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އައްޑޫގެ މިހާޜުގެ ކޯވިޑް ހާލަތަށް ބަލާއިރު އިއްޔެ ފަސް މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ. މިވަގުތު ބަލި ޖެހިފަ ތިބި 45 މީހުން އެ ސިޓީގައި ތިބި އިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެނެވެ.

އައްޑޫއިން މިހާތަނަށް ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް 12 މީހުން މަރުވެފައިވެ އެވެ.

މޮނިޓަރިންގައި ހުރި އެހެން ރަށްތަކަކީ މ. މުލަށް، ދ. ކުޑަހުވަދޫ، ނ. ލަންދޫ ހދ. ނައިވާދޫ، ކ. ތުލުސްދޫ، ތ. ވިލުފުށި އަދި ދ. ހުޅުދެލި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް