އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑުގައި ހުންނަ 32 އެނދު ފުރިފައި!

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖިއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ ކަމަށް އެ ޑިޕާޓްމެންޓުގެ ވެރިޔާ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ. ޑރ.ފައިސަލް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ވޯޑުގެ 32...

30 Dec 2021 | 06:34

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖިއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ ކަމަށް އެ ޑިޕާޓްމެންޓުގެ ވެރިޔާ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ.ފައިސަލް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެ ވޯޑުގެ 32 އެނދު ފުރިފައިވާ ކަމަށެވެ. މިހާރު އެޑްމިޓްކޮށްގެން އިުރު ކުދިންނަށް ފަރުވާ ދެމުންދަނީ އިމަޖެންސީ ރޫމްގައި ކަމަށް ވިދާޅުވި އެވެ.

އެކަން ހައްލުވާނީ އެހެން ރަށްރަށާއި މާލެ ސަރަހައްދުގެ ސަރުކާރުގެ އެހެނިހެން ތަންތަނުގައި ބަލިތަކަށް ފަރުވާދެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޑްމިޓްކޮށްފައި ތިބި ކުދިންނަކީ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ކުދިން ކަމަށެވެ. އަދި މި ދުވަސްވަރު ފާހަގަ ކުރެވޭ ވައިރަލް ހުމެއް ކުޑަކުދިންގެ މެދުގައި ފެތުރެމުން ނުދާ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

https://twitter.com/Faisalnaifaru/status/1476241817167286273

އޭނާ ވިދާޅުވީ ވޯޑު ފުރުނު ނަމަވެސް ހާސްވާން ޖެހޭ ކަމެއް ނެތެވެ. އައިޖީއެމްއެޗުގެ ކުޑަކުދިންގެ ވޯޑު ފުރެނީ މާލޭގައ ި100 ޕަސެންޓު އާސަންދަ ލިބޭ ހަމައެކަނި ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ވާތީ އެވެ.

އޭނާގެ ކަންބޮޑުވުމަކީ އަތޮޅުތެރޭގެ ސިއްހީ ހާލަތު ރަނގަޅު ކުރުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް