މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަނީ

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީން، ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރ...

30 Dec 2021 | 06:09

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީ ކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީން، ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ.

އެއްލައްކަ ބައްތިރީސް ހާސް (132،000) އަކަފޫޓުގެ ބިމެއްގައި ތަރައްޤީ ކުރާ މި ހޮޓަލުގައި، 50 ކޮޓަރި ހިމެނޭނެއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ 2024 ވަނަ އަހަރުގެ ޖުލައި މަހު އެ މަޝްރޫޢު ނިންމާލެވޭނޭ ކަމުގައެވެ.

މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި ސްޓޯން ހޮޓެލްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް