ބޯހިމެނުގެ މަސައްކަތައް 812  ޓެބްލެޓް ހޯދަން އިއުލާންކޮށްފި

ބޯހިމެނުގެ މަސައްކަތުގައި ބޭނުން ކުރަން 812 ޓެބްލެޓް ހޯދަން އިއުލާނު ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޤައުމީ ތަފާތު ހިސާބު ބަލަހައްޓާ ވުޒާރާގެ ބޭނުމަށް އަންނަ އ...

30 Dec 2021 | 05:33

ބޯހިމެނުގެ މަސައްކަތުގައި ބޭނުން ކުރަން 812 ޓެބްލެޓް ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޤައުމީ ތަފާތު ހިސާބު ބަލަހައްޓާ ވުޒާރާގެ ބޭނުމަށް އަންނަ އަހަރު ކުރިއަށް ގެންދާ ރާއްޖޭގެ ބޯހިމެނުގެ މަަސައްކަތައް 812 ޓެބްލެޓް ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން، މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ފީއެއް އަދި ބިޑް އެކިއުރިޓީގެ ގޮތުގައި 33،000ރ. ބަހައްޓަން ޖެހެ އެވެ. އަދި މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭ ސުންގަޑި އަކީ އަންނަ މަހު 24 ގެ ކުރިންނެވެ.

ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައި ވަނީ  އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެ އެވެ. އަދި ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ

ރާއްޖޭގެ ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ވަނީ ފަސްލައްކަ ފަހަނަ އަޅާ ގޮސްފައެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް