ފިލިޕިންސް ކަނޑުގެ ސިފައިން ބޭނުން ކުރުމަށް ސައުތް އެފްރިކާ ކުންފުންޏަކުން ހަނގުރާމަތީ ދެ ބޯޓު ގަންނަ ނިންމައި އެކަން އިއުލާނު ކޮށްފި އެވެ.
ފިލިޕިންސްގެ ޑިފެންސް ސެކްރެޓަރީ ޑެލްފިން ލޮރެންޒާނާ ވިދާޅުވީ އެ ބޯޓު ގަންނަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހުޔުންޑައި ހެވީ އިންޑަސްޓްރީން ކަމަށެވެ. އަދި ހަނގުރާމަމަތީ އެ ދެ ބޯޓު ގަތުމަށް އެ ގައުމުން 556 މިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ކުންފުންޏަކީ މީގެ ފަސް އަހަރު ކުރިން އެ ގައުމަށް ކަނޑުމަތީ ދިމާވާ ހާދިސާތަކުން ރައްކާތެރިވުމަށް ހަމަލާދެވޭނެ ވަސީލަތްތަކާއި އެކު ދެ އުޅަނދެއް ވިއްކި ކުންފުންޏެކެވެ. ޑިފެންސް ސެކްރެޓަރީ ވިދާޅުވީ މިފަހަރު ގަންނަނީ އޭގެ އެތައް ގުނަ ބޮޑު ދެ ބޯޓު ކަމަށެވެ.
ޑިފެންސް ސެކްރެޓަރީ ވިދާޅުވީ ޒަމާނީ ބޮޑު ދެ އުޅަނދު ގަންނަން ނިންމީ އެއް ދުވަހުން އަނެއް ދުވަހަށް ފިލިޕިންސް އާއި ޗައިނާ ގުޅޭ ދެކުނު ޗައިނާ ކަނޑުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ކުރިމަތިލާން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
މީގެ ކުރިން ފިލިޕިންސްއިން ވަނީ އެމެރިކާއިންވެސް ކަނޑުމަތީގެ އަސްކަރީ އުޅަނދުތަކެއް ގަނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް