އޯވަޓޭކްކުރުމުގެ ތެރޭގައި އެކްސިޑެންޓްވެ ބަޔަކަށް އަނިޔާވުމުންވެސް މަޑުނުކޮށްދިޔަ ޒުވާނަކު ހައްޔަރު

ހައިވޭގައި ބާރު ސްޕީޑްގައި ގަވާއިދާ ހިލާފަށް އޯވަޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައަކާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި، ފ...

30 Nov 2024 | 18:28

ހައިވޭގައި ބާރު ސްޕީޑްގައި ގަވާއިދާ ހިލާފަށް އޯވަޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވި މައްސަލައަކާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި، ފަސްމީރު، އުމުރުން 22 އަހަރުގެ ޝުނާން މުޙައްމަދު ޝާކިރެވެ.

ފުލުހުން ބުނެފައިބަނީ އިއްޔެ މެންދުރުފަހު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެގެން ދިވެހި ފިރިހެނަކާއި އަންހެނަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ފިރިހެންމީހާ އަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި، އަންހެންމީހާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އޯވަޓޭކް ކުރި ސައިކަލު އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔަ މައްސަލައިގާ އެ ސައިކަލު ދުއްވި ޒުވާނާ ހައްޔަރުކޮށްފައިވާއިރު އެ ޒުވާނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް