މާލޭގައި ޑްރަގު ވިޔަފާރި ކުރާ 40 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފި

މާލޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާތަންތަން ބަލައި ފާސްކޮށް 40 އަށް ވުރެ ގިނަ ތަންތަން މިހާރުވެސް ބަނދުކޮށްފައި ވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު މިކަން ހ...

30 Nov 2024 | 12:07

މާލޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާތަންތަން ބަލައި ފާސްކޮށް 40 އަށް ވުރެ ގިނަ ތަންތަން މިހާރުވެސް ބަނދުކޮށްފައި ވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް، އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މިވީ އެއް އަހަރުތެރޭ ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެގޮތުން މަޤާމާއި ހަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ތަންފީޒުކުރައްވަމުން ގެންދަވަނީ ދާޚިލީ ވަޒީރު ޢަލީ އިހުސާން ބެއްލެވުމުގެ ދަށުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން ކަމަށް ސީޕީ ވިދާޅުވިއެވެ.

އަދި އޭގެ ދަށުން މަސްތުވާތަކެއްޗާއި ބޮޑެތި ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްސަ އިސްކަމެއްދީ މަސައްކަތްތައް މިހާތަނަށް ކުރެވިފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއް މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެވިފައިވާކަމަށާއި އަދި އެ ވިޔަފާރި ކުރަމުންދިޔަ ގިނަ އަދަދެއްގެ ތަންތަން ފުލުހުންގެ މަސައްކަތުން ހުއްޓުވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވި މާލޭގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާތަންތަން ބަލައި ފާސްކޮށް 40 އަށް ވުރެ ގިނަ ތަންތަން މިހާރުވެސް ބަނދުކޮށްފައި ވާ ކަމަށެވެ.

"މާލޭގައިވެސް މި ޑްރަގުގެ ވިޔަފާރި ކުރާތަންތަން. އަޅުގަނޑުމެންވާނެ 40 އަށް ވުރެ ގިނަ ތަންތަން މިހާރުވެސް ބަނދުކޮށްފައި. ބައެއް ތަންތަނަކީ ބަނދުކޮށްފައި ހުރިނަމަވެސް ދުވަސްކޮޅަކުން އަލުން ހުޅުވާ ތަންތަން" ސީޕީ ވިދާޅުވިއެވެ.

ސީޕީ ޝުޖާއު ވިދާޅުވީ މިމައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް މި ވިޔަފާރި ކުރަމުންދާ ބޮޑުންގެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށާއި އެގޮތުން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެވި ރައްޔިތުންނަށް އެކަމުގެ ނަތީޖާ ފެންނަމުންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. މީގެ އިތުރުން ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށްވެސް މަސައްކަތްތަކެއް އެންޑީއޭއާއި ގުޅިގެންދާ ކަމަށް ވެސް ސިިޕީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް