ޤައުމުއްޔަތު ކުރިއަރުވައިި އީޖާދީ ވިސްނުންތަކެއް ގެނައުން މުހިންމުކަމަށާއި މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމަށްޓަކައި އެންމެ މުހިންމީ ޤައުމިއްޔަތު ނެގެހެއްޓުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ "ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ވަނީ ދިވެހި ޤައުމިއްޔަތު ނެގެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޤައުމިއްޔަތު ކުރިއަރުވައި، އީޖާދީ ވިސްނުންތަކެއް ގެނައުމަށް މިފަދަ ދަރުބާރުތައް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއީ ޤައުމިއްޔަތާއި އަމިއްލަވަންތަކަން ރައްކާތެރިކުރުމަށާއި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން މިނިވަން އަދި ތަހުޒީބު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ޤައުމިއްޔަތު ނެގެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ދަރުބާރާއެކު، އިލްމީ މަޝްވަރާތަކެއް ކުރިވެގިންދާނެކަން ޔަޤީންކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ޤައުމިއްޔަތުގެ ބަހާތައް ކުރިއަރުވަން ޖެހޭކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އަމިއްލަ ބަހެއް އަދި އާދަކާދަތަކެއް ދިވެހީންނަށް ލިބިފައިވާއިރު، ދިވެހިރާއްޖެއަށްވުރެ ބޮޑު އަދި މުއްސަނދި ޤައުމުތަކުގައިވެސް މިފަދަކަންކަން ފުރިހަމަ ނުވާ ކަމަށެވެ. މިއާއެކު ދިވެހިންނަށް ލިބިފައިވާ މުއްސަނދިކަމުގެ ވާހަކަ ހުރިހާ އެންމެންވެސް ދައްކަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ދިވެހި ޤައުމީއްޔަތަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމަށްވެސް އަލިއަޅުއްވާފައެވެ. އެގޮތުން ތަޢުލީމީ މަންހަޖުގެ ތެރޭގައި ޤައުމިއްޔަތު ހިމަނުއްވައި، ދިވެހި ޤައުމީ ސަލާމަށާއި، ދިވެހި ދިދައަށް ޚާއްސަ އިސްކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް