އިންޑިއާގެ ޓީވީ ތަރި ރީމް ޝޭކް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
ރީމްގެ އިންސްޓަގްރާމް އެކައުންޓުން އެނގޭގޮތުގައި ރީމް ޗުއްޓީ ހޭދަކުރަމުން އަންނަނީ އޯގަ އާޓް ރިސޯޓްގައެވެ.
ރީމް ޝަމީރް ޝޭކް އަކީ ހިންދީ ބައެއް ފިލްމުތަކާއި ރިއަލިޓީ ޓީވީ ޝޯތަކާއި އަދި ގިނަ އަދަދަކަށް ޓީވީ ސީރީޒްތައް ކުޅެފައިވާ ތަރިއެކެވެ.
އުމުރުން 22 އަހަރުގެ ރީމް ޝޭކް ކުޅެފައިވާ ފިލްމުތަކަށް ބަލާލާއިރު ފިލްމް ވަޒީރު، ފިލްމު ގުލް މަކާއީ އަދި ފިލްމު ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް ހިމެނެވެ.
ގިނަ އަދަދަކަށް ޓީވީ ސީރީޒްތަކުގައި އެކްޓްކޮށްފައިވާ ރީމްގެ ފާހަގަކޮށްލެވޭ ޓީވީ ސީރީޒްތަކުގެ ތެރޭގައި "އެކް ހަޒާރޯނ މޭނ މޭރީ ބެހެނާހޭ"، "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ"، "ދިޔާ އޯރް ބާތީ ހަމް" ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް