ކަރަންޓު ކުންފުނި، ސްޓެލްކޯއިން މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުންނަ ޑިސްޓްރިބިއުޝަން ފޮށިތަކާއި އެ ކުންފުނިން ޚިދުމަތްދޭ ތަންތަން ސާފުކޮށް ބެލެހެއްޓުމުގެ ހަރަކާތެއް އެ ކުންފުނިން އިއްޔެ ފަށައިފިއެވެ.
"ޗާލު ވެށި – މަގޭ ޒިންމާ" މި ނަމުގައި އިއްޔެ ފެށި ހަރަކާތް އިފުތިތާހްކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމެވެ.
އެ ކުންފުނީގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިހުރި އިސްތިހާރާއި ސްޓިކާފަދަ ތަކެތި ތައްޓައި ސާފުކުރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 35 ރަށެއްގައި ޚިދުމަތްދެމުންއަންނައިރު ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ކުރިއަށްގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް