ތޫފާން ފެއިންޖަލް އުފެދިއްޖެ

ބަންގާޅު ކަނޑުގައިހުރި ކޮޅިގަނޑުން ތޫފާނެއް އުފެދިއްޖެއެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިރޭ 08:30 ހާއިރު ބުނެފައިވަނީ ތޫފާން ފެއިންޖަލް މިހާރު ހުރީ ބަންގާޅު ކަނޑުގެ ހުޅަނގު ދެކުނު ބިތު...

29 Nov 2024 | 19:16

ބަންގާޅު ކަނޑުގައިހުރި ކޮޅިގަނޑުން ތޫފާނެއް އުފެދިއްޖެއެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން މިރޭ 08:30 ހާއިރު ބުނެފައިވަނީ ތޫފާން ފެއިންޖަލް މިހާރު ހުރީ ބަންގާޅު ކަނޑުގެ ހުޅަނގު ދެކުނު ބިތުގައި އިންޑިއާގެ ޗެންނާއީގެ އިރު ދެކުނުގައި ކަމަށެވެ.

ތޫފާން ދަތުރުކުރަމުންދާނީ ތަމިލްނާޑޫ-ޕުޑުޗެރީ އައްސޭއިއާއި ދިމާއަށް ކަމަށާއި ވައިގެ ބާރުމިން ހުރީ ގަޑިއަކު 43 މޭލާއި 49 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

މި ތޫފާނުގެ ބާރު މާ ގަދަނޫންކަމަށް ބެލެވުނު ނަމަވެސް ތޫފާން އަރާނެކަމަށް ބެލެވޭ ޕުޑުޗެރީގައި ސްކޫލުތަކުގެ ކިޔެވުން ވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

މި ތޫފާނަށް ދީފައިވާނަމަކީ ތޫފާން ފެއިންޖަލް އެވެ. އިނގިރޭސި ބަހުން ތޫފާނުގެ ނަން Fengal ގެ ގޮތުގައި ބަޔާންކޮށްފައިވީނަމަވެސް، ތޫފާނުގެ ނަން ޕްރޮނައުންސް ކުރާނީ Feinjal (ފެއިންޖަލް) ގެ ގޮތުގައިކަމުގައި އިންޑިއާގެ މެޓުން ބުނެފައިވެއެވެ. މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާންތަކަށް ދީފައިވާ ނަންތަކުގެ ތެރެއިން ސައޫދީ އަރަބިއްޔާއިން ދީފައިވާ ނަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް