ޓްރީ ޓޮޕް ހޮސްޕިޓަލުން އެންމެ ޒަމާނީ އައު އެމްއާރްއައި މެޝިނެއް ޚިދުމަތަށް – ހިތްހަމަޖެހޭ އަޑުތަކާއި ރީތި މަންޒަރުވެސް ފެންނާނެ

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އެމްއާރުއައި ސްކޭން ހެދުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ އަޑުމަޑު އާ އެމްއާރުއައި މެޝިންނެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ފަށައިފިއެވެ...

30 Nov 2023 | 18:00

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯއްދަވާ ބޭފުޅުންނަށް އެމްއާރުއައި ސްކޭން ހެދުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ އަޑުމަޑު އާ އެމްއާރުއައި މެޝިންނެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ފަށައިފިއެވެ.

މިގޮތުން އަލަށް ގެނައި އެމްއާރުއައި މެޝިނުން ސްކޭން ކުރަން އޮންނައިރު ހިތްހަމަޖެހޭ ފަދަ އަޑުތައް އަހައި އެމްއާރުއައި ހަދާއިރު ހާސްވުން ކުޑަކޮށްދީ ހިއްފަސޭހަކޮންދިނުމުށް ތަފާތު ރީތި މަންޒަރުވެސް ބަލާލެވޭ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެޝިނެކެވެ.

މި އާ މެޝިނާއެކު އެމްއާރުއައި ހަދަން ކިޔުގައި މަޑުކުރަން ޖެހޭ ޖެހުން ކުޑަކޮށް ވީހާވެސް އަވަހަށް ހިތްހަމަޖެހޭފަދަ ހިދުމަތެއް ބަލިމީހުންނަށް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ބޭނުންކަމުގައި ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވިދާޅުވި އެވެ. އާދިލް އިތުރަށް ފާހަގަކުރެއްވިގޮތުގައި އާ އެމްއާރުއައި މެޝިނުގެ އިމޭޖު ކޮލެޓީ ރަނގަޅުވުމުން ޕޭޝަންޓުގެ ކޮންޑިޝަން އާއި ޑޮކްޓަރުން ކުރައްވާ ޑައިގްނޯސްގައި އިތުރު ކޮންފިޑެންސެއް މި އެމްއާރުއައި މެޝިންގެ ސަބަބުން ލިބޭނެއެވެ.

އާ އެމްއާރުއައި މެޝިނުގެ ސަބަބުން ކާޑިއެކް އިމޭޖިންގ އެންޑް ނިއުރޮލޮޖީ އިމޭޖިންގ މަތީ ފެންވަރުގެ އިމެޖިންގެ އެހީގައި ބަލިތަ އަށް މަގުފަހިކޮށްދޭ ޚިދުމަތުގެ ފުރުޞަތު އިތުރުވެފައިވާއިރު، އެމްއާރުއައި ކާޑިއެކް، އެމްއާރްއައި ޓްރެކްޓޯގްރަފީ، އެމްއާރްއައި ފަންކްޝަނަލް، އެމްއާރްއައި ޕެރިފެރަލް އެންޖިއޯގްރާމް، އެމްއާރްއައި ލިވަރ އަޔަން ކޮންޓިފިކޭޝަން، އެމްއާރްއައި ފީޓަލް، އެމްއާރްއައި ޑީފެކޯގްރާމް، އެމްއާރްއައި އޯޓޯގްރާމް، އެމްއާރްއައި ކާޓިލޭޖް މެޕިންގ އަދި އެމްއާރްއައި ހޯލްބޮޑީ ހިމެނެއެވެ. ދެވަނަ ކަމަކަށް، ވޯލް ޕްރޮޖެކްޝަންތަކާއި ރީތި އެންބިއަންޓް ތީމްތައް ހުންނަ ޕޭޝަންޓުންނަށް މިފަދަ ކުލަގަދަ އެންބިއަންޓް ވިޝުއަލް އަދި ސައުންޑް އެކްސްޕީރިއެންސްތައް އިތުރުކޮށްދިނުމަކީ ކްލަސްޓްރޯފޯބިއާ މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 10އަށް ހިދުމަތް ލިބޭނެނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް