ހައްދުންމަތީ މީހަކު މާ ވަރުގަދަކަމަށް ބުނެ ހިސްޓޯ ޕީއެންސީ ދޫކުރައްވައި ޕީއެންއެފަށް

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޝިފާގު މުފީދު ޕާޓީ ބަދަލުކުރައްވައިފިއެވެ. އެގޮތުން އޭނާ ވަނީ މިއަދު ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)...

30 Nov 2023 | 11:01

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޝިފާގު މުފީދު ޕާޓީ ބަދަލުކުރައްވައިފިއެވެ.

އެގޮތުން އޭނާ ވަނީ މިއަދު ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ދޫކުރައްވައި، ޕްރޮގްރެސިވް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި ގުޅިވަޑައިގެންފައެވެ.

އެގޮތުން ޕީއެންސީ ދޫކޮށް ޕީއެންއެފަށް ކުރި ދަތުރުގައި ޕީއެންސީއަށް ޝިފާގު ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ޕީއެންސީ ހިނގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައިގެން ނުކުންނަވައި، ޕީއެންސީގެ މެންބަރުންގެ މޫނަށް "ހައްޕުނޑު" ބުރުވައި ނޭތްގާނީ އުސޫލު ކަމަށެވެ.

"މިފަދަ ހާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެރާއްޖެ، ދިވެހީން އެދޭމަގަށް ގެންދެވޭނެކަމަށް ޤަބޫލުނުކުރެވޭ" ޝިފާގުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޕީއެންސީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއެވެ. ޕީއެންއެފްއަކީ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް