މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާން ވިޔަފާރިވެރިޔާ އަލީ އުވައިޝް އާއި އިތުރު މީހަކު ވެންޓިލޭޓަރުގައި

މާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހަކަށް ވެންޓޓިލޭޓަރުގައި އަދި އަނެކަކަށް އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ. ދުވަހަށް މައުލޫމާތު ލިބިފަ...

30 Nov 2023 | 05:04

މާލޭގައި ރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހުންގެ ތެރެއިން ދެމީހަކަށް ވެންޓޓިލޭޓަރުގައި އަދި އަނެކަކަށް އައިސީޔޫގައި ފަރުވާދެމުން އެބަ ގެންދެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ވެންޓިލޭޓަރުގައި ދެމީހަކަށް ފަރުވާ ދެމުން އަންނައިރު އެތަނުން އެކަކީ ހދ. ކުރިނބީއަށް އުފަން ޒުވާން ވިޔަފާރިވެރިއެއްކަމުގައިވާ އަލީ އުވައިޝްއެވެ. އަލީ އުވައިޝް އަކީ ފަސޭހަ ރީޗާޖްގެ ވެރިޔާ އެވެ.

އަލީ އުވައިޝްގެ އިތުރުން މި އެކްސިޑެންޓްގައި އިތުރު ފިރިހެނަކާއި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

މިއަދު ހެނދުނު ފުލުހުން ބުނެފައިވާގޮތުގައި ވިލާ ކޮލެޖް ކައިރީގައި ދެ ސައިކަލެއް ޖެހި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:26 ހާއިރުގައެވެ.

"އެކްސިޑެންޓްގައި ދެ ސައިކަލު ޖެހި ތިން މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ދަނީ ފަރުވާދެމުން، އެއީ ދެ ފިރިހެނުންނާއި އަންހެނެއް، ތިން މީހުންގެވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ" މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެކްސިޑެންޓް ހިނގި ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް