ބޮޑެތި ބަދަލުތަކަކާއެކު އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފައިވާ ފަން ރަންގައި ރަޖިސްޓްރީ ވުމުގެ މުއްދަތު މިރޭ 23:59 އަށް ހަމަވާނެއެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި ، މި ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށެވެ. މި ލިންކު http://ore.do/funrunkit މެދުވެރިކޮށްވެސް ވެވޭނެއެވެ.
އުމުރުން 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގައި އެކުންފުނިން ބުންޏެވެ. މި ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ގައިގަ ކުލަ ހޭކުމުގެ އިތުރުން ފެން ޖެހުމާއި އިތުރު މަޖާ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެއެވެ. ކުރިން އުރީދޫއިން ބާއްވަމުން އައި ކަލަރ ރަން މިވަނީ އަޕްގްރޭޑް ކޮށްލާފައެވެ. ކުރީގައި ނަމަ ޖަހާނީ ހަމަ އެކަނި ކުލައެވެ. ނަމަވެސް މި ފަހަރު ކުލަ ޖެހުމުގެ އިތުރުން އިތުރު ހަރަކާތްތައް މިވަނީ ހިމަނާފައެވެ. އިތުރަށް މަޖާކޮށްލުމިުގެ ގޮތުން ބައެއް އޮބްސްޓެކަލްވެސް މި ރޭހުގެ ތެރޭގައި ހިމަނާފައިވާނެކަމުގައި އުރީދޫއިން ބުނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.
އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200އަދި ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.
އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ނޮވެމްބަރ 2022 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ.
މި ދުވުމުގައި ބައިވެރިވުމަށް http://ore.do/funrunkit މެދުވެރިކޮށް ރެޖިސްޓަރ ކުރައްވާށެވެ.
ދުވުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://ooredoo.mv އަދި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް