އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާކޮށްފި

އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާކޮށްފި އެވެ. ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާވާނީ މާދަމާއިން ފެށިގެން ކަމަށ...

30 Nov 2022 | 12:37

އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާކޮށްފި އެވެ.

ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ބުނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ކާޑު ވިއްކުން މަނާވާނީ މާދަމާއިން ފެށިގެން ކަމަށެވެ. މި ބަދަލު ގެންނަން ނިންމީ ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމަށެވެ.

ކެމްއިން ބުނީ މި ބަދަލާއި އެކު މާދަމާއިން ފެށިގެން ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގަ އެވެ. ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުންނެވެ.

މިކަމާ ބެހޭ އިތުރު ތަފްސީލް، ހިދުމަތް ހޯދަން ބޭނުންވާ ސާވިސް ޕްރޮވައިޑަރުންގެ ފަރާތުން ލިބޭނެ ކަމަށްވެސް ކޭމް އިން ބުނެފައިވެ އެވެ.

ކޭމްއިން ބުނީ ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި އިތުރު ކަންކަން ވެސް ކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް