ކައިވެންޏަށް ޕްރޮޕޯޒްކުރަން ގެންގުޅުނު އަނގޮޓި ފަހަތުން ފިރިހެން މީހާ މޫދަށް!

މި ވީޑިއޯއިން ފެނިގެންދަނީ ފިރިހެނަކު އަންހެނަކު ކައިރީ އިންނަން އަހަންދޭ ސަޕްރައިޒެކެވެ. ފިރިހެން މީހާ އެކުވެރިންނާއި އެކު ވަރަށް ރޭވުންތެރި ކަމާއި އެކު މަސައްކަތް ކުރަނީ ބޯޓެއްގެ ކުރީގައ،ި ހުރެގެން ...

30 Nov 2022 | 10:52

މި ވީޑިއޯއިން ފެނިގެންދަނީ ފިރިހެނަކު އަންހެނަކު ކައިރީ އިންނަން އަހަންދޭ ސަޕްރައިޒެކެވެ. ފިރިހެން މީހާ އެކުވެރިންނާއި އެކު ވަރަށް ރޭވުންތެރި ކަމާއި އެކު މަސައްކަތް ކުރަނީ ބޯޓެއްގެ ކުރީގައ،ި ހުރެގެން ކުރީގެ މަޝްހޫރު އިނގިރޭސި ފިލްމު "ޓައިޓޭނިކް" ގެ މަންޒަރެއް ކުޅެލުމަށް ފަހު ކައިވެންޏަށް ހުށަހަޅާށެވެ.

ހިނި އަންނަން ޖެހުނީ ޓައިޓޭނިކް މަންޒަރު ކުޅުމަށް ފަހު ވަރަށް ފިލްމީ ގޮތަކަށް އެނބުރި ޖީބުން އަނގޮޓި ނަގަނިކޮށް ފިރިހެން މީހާ އަތުން ނައްޓާލައިގެން އަނގޮޓި މޫދަށް ވެއްޓުމުންނެވެ. އިތުރު އެންމެ ސިކުންތެއްވެސް މަޑުނުކޮށް ފިރިހެން މީހާ މޫދަށް ފުންމާލައިގެން އެ އަނގޮޓި ހޯދައިގެން ހީރޯއަކަށްވެ އެވެ.

އަދި ތެތާއި ހުރެގެން ބާކީބައި ފުރިހަމަ ކުރި އެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ގަލްފް ކޯސްޓުގައި އެވެ.

https://twitter.com/CNN/status/1597700717229346821

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް