ކިމް ކައިރީގައި ދަރިން ތިބޭތި، ހަރަދަށް، މަހަކު ދެ ލައްކަ ޑޮލަރު ދޭން ކާންޔޭއަށް އަންގައިފި

އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި އިންފްލުއެންޒާ ކިމް ކާޑޭޝަން އާއި ފިރިމީހާ އަދި ރެޕާ ކާންޔޭ ވެސްޓު ވަރިވުމުގެ މައްސަލައިގަ އެއްބަސްވުމަށް ކޯޓު މެދިވެރިކޮށް ގާތްގަނޑަކަށް އައިސްފި އެވެ. ކާންޔޭ ކައިރ...

30 Nov 2022 | 09:28

އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި އިންފްލުއެންޒާ ކިމް ކާޑޭޝަން އާއި ފިރިމީހާ އަދި ރެޕާ ކާންޔޭ ވެސްޓު ވަރިވުމުގެ މައްސަލައިގަ އެއްބަސްވުމަށް ކޯޓު މެދިވެރިކޮށް ގާތްގަނޑަކަށް އައިސްފި އެވެ.

ކާންޔޭ ކައިރިން ވަރިވާން ބޭނުންވެގެން ކިމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ކިމް، ފިރިމީހާ ކައިރިން ވަރިވާން ބޭނުންވީ ދެމީހުންގެ މަސައްކަތް ދެ ސިޓީއެއްގައި ކުރަން ޖެހިފައި ވާތީ ދުރުގައި ތިބެގެން ކިމް ބޭނުންވާ ކަހަލަ އާއިލާއެއް ބިނާ ނުކުރެވޭތީ ކަމަށް ބުނެ އެވެ.

މި މައްސަލައިގަ ކުރިން ކާންޔޭ ވަރިވާން ދެކޮޅު ހެދި އެވެ. އެކަމަކު ކިމް ވަނީ އެއީ ދެމީހުންނަށް ރަނގަޅު ގޮތް ކަމަށް ބުނެ މިއަހަރު ކުރީކޮޅު އެ މައްސަލަ އަވަސް ކޮށްދިނުމަށް އެދިފައި އެވެ.

މި ހަފްތާގައި ބޭއްވި ޝަރީއަތުގައި ދަރިންގެ ކަންކަމުގައި ގޮތްތަކެއް ވަނީ ކަނޑާއަޅާފައި އެވެ. ދެމީހުންނަށް ލިބިފައިވާ ހަތަރު ދަރިން ތިބޭނީ ކިމް ކައިރީގައި އެވެ.

އެހެންވެ ހަރަދު ބެލެހެއްޓުމަށް ކޮންމެ މަހަކު ދެ ލައްކަ އެމެރިކާ ޑޮލަރު ކިމްއަށް ކާންޔޭ ދޭންޖެހޭނެ ކަމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ކުދިންގެ ސެކިއުރިޓީ އާއި ސްކޫލާއި ކޮލެޖު ފީގެ ކަންކަން ކުރިޔަށް ގެންދަން އެއްބަސްވީ ދެމީހުން ބަހައިގެންނެވެ.

ދެމީހުންގެ ކައިވެނި ނިމުމަކަށް ގެންނަނީ އަށް އަހަރު އެކުގައި އުޅުމަށް ފަހު އެވެ.

ކާންޔޭ އާއި ވަކިވެ ކިމް މިހާރު އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެންނެވެ. އެ މައްސަލައިގަ ކާންޔޭއަށް ވަރަށް ބޮޑަށް އަސަރުކޮށް މީޑިއާއަށްވެސް އެކަން ތިލަވެ، ގިނަ ބައެއްގެ މަލާމާތް ކާންޔޭއަށް ރައްދުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް