ކ. ތިލަފުށީ ފަޅު ތެރެއިން ކުނި އޮޔާދާތީ އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.
ވެމްކޯއިން ބުނީ ޢާއްމުކޮށް އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ ޢަދަދެއްގެ ކުނި އަބަދުވެސް ޖަމާވަމުންދާކަމަށެވެ. އަދި މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާކަމަށް ވެމްކޯއިން ބުންޏެވެ.
އެކުންފުނިން ބުނީ ތިލަފުށީ ފަޅުތެރޭގައި ދައުރުވަމުންދާ ކުނިތައް، އެސަރަހައްދުގެ ކަނޑަށް ބޭރުވުމުގެ ފުރުސަތު ކުޑަކޮށް، މިއަދު ކުނިތައް ސާފުކޮށް ނިންމާލުމަށް ވެމްކޯގެ ޓީމުން މަސައްކަތްކުރަމުން އަންނަކަމަށެވެ.
ވެމްކޯގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެހާ ގިނަ އަދަދަކަށް ކުނި ޖަމާވެފައިވަނީ ތިލަފުށީގައި ހިންގާ ކުންފުނިތަކުން އުކާ ކުނީގެ ސަބަބުން ކަމަށެވެ.
ތިލަފުށީގައި މިހާރު ކުނި އެންދުން ވަނީ ހުއްޓާލާފައި އެވެ. އޭގެ ފަހުން، މިހާރު އެ ރަށުގައި ކުނި މެނޭޖުކުރަމުން އަންނަ ޒަމާނީ އާ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް