ޝިމާޒަށް ހަމަލާދިނަ މައްސަލައިގަ މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ހަމަލާދިން މައްސަލައިގަ މީހަަކު ހައްޔަރުކޮށްފި އެވެ. ޝިމާޒަށް މަގުމަތިން ބަޔަކު ޙަމަލާދީފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭއެވެ. އަދި ހަ...

30 Nov 2022 | 07:23

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ހަމަލާދިން މައްސަލައިގަ މީހަަކު ހައްޔަރުކޮށްފި އެވެ.

ޝިމާޒަށް މަގުމަތިން ބަޔަކު ޙަމަލާދީފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭއެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝިމާޒަށް ހަމަލާދިން މައްސަލައިގަ ހައްޔަރު ކުރީ21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހަމަލާ ދިންތައް ދެ ދުވަސް ފަހުން މިމަހުގެ 22 ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ/

އެމީހާގެ ބަންދަށް10 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ ކުރިން ޝިމާޒުގެ ސައިކަލަށްވެސް ގެއްލުން ދީފައިވެ އެވެ.

ޝިމާޒަށް ހަމަލާދީފައި މިވަނީ އޭނާ އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް